ޚަބަރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އެސް.ސީ/2015/02 (08 ޖެނުއަރީ 2015) ސަރކިއުލަރގައިވާ ގޮތުގެމަތިން މިކޯޓުގައި ޤާއިމުކޮށްފައިވާ 5 (ފަހެއް) ޑިވިޜަންގެ މަސައްކަތް ތަރުތީބުކޮށް، އިދާރީ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 15 ފެބްރުއަރީ 2015 ވާ އާދިއްތަ، މިދުވަހުން ފެށިގެން 19 ފެބްރުއަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކޮށްލުމަށާއި އަދި މިގޮތުން ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކުރެވިފައިވިޔަސް މައްސަލަ ބަލައިގަތުމުގެ އިދާރީ މަސައްކަތް ކުރިއަށް ދާނެކަމަށާއި؛

ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2014 ވަނަ އަހަރު ސިވިލް ކޯޓުން 3203 މައްސަލަ ނިންމާފައިވެއެވެ. 2013 ވަނަ އަހަރު މިކޯޓުން ނިންމި މައްސަލާގެ ޢަދަދަކީ 2154 އެވެ. މިއީ 2013 ވަނަ އަހަރާއި ބަލާއިރު %32.75 އިންސައްތަ އިތުރު ޢަދަދެކެވެ. 2014 ވަނަ އަހަރު މިކޯޓަށް ހުށަހެޅިފައިވަނީ 2589 މައްސަލައެވެ. 2014 ވަނަ އަހަރު ނިމުނުއިރު މިކޯޓުގައި ނުނިމިހުރީ 1287 މައްސަލަ އެވެ.

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޤާޟީ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އެކަމަނާގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ޙަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާގައި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިންގެ އިތުރުން ކޯޓުގެ ޤާޟީންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

ޤާނޫނު ނަމްބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކަމިޝަނުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ސިވިލް ކޯޓުގެ ޤާޟީންގެ ކަންބޮޑުވުންތަކެއް ހުރުމުން، ކަމާއިބެހޭ ފަރާތްތަކުގައި އެވާހަކަ ދެންނެވުމަށް ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމުމަޖްލީހުން ޤަރާރެއް ފާސްކޮށްފިއެވެ.
  • ޤަރާރު ވިދާޅުވުމަށްThaaval

ސިވިލް ކޯޓުުގެ ރަޖިސްޓްރަރ ގެ ސެކްޝަނާއި، ޝަރީޢަތްކުރާ ސެކްޝަން ތަކުގެ ތެރެއިން BCR-4 ސެކްޝަނާއި އަދި ސްޓޮކް އިންވެންޓްރީ/ޕްރޮކިއުމަންޓް ސެކްޝަން 02 ޑިސެމްބަރ 2014 ދުވަހުން ފެށިގެން ހިނގަމުންދާނީ ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ ޢިމާރާތުގައެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން، ސިވިލް ކޯޓުގެ ރިސެސް މުއްދަތަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަދި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ބުނެވިދިޔަ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިތުރު ބަދަލެއް ގެނެސްފައިނުވާތީ، މިއަހަރުގެ ޑިސެމްބަރ 01 އިން ޑިސެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސް އަށް ދާނެ ކަމުގައި ދެންނެވީމެވެ.

އިތުރު ލިޔުންތައް...

ޞަފްޙާ 8 ޖުމްލަ 11 ޞަފުޙާގެ ތެރެއިން