ބަންޑާރަ ނައިބަކު ނެތްޙާލަތުގައި ސިވިލް ކޯޓުން ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައިފި

ބަންޑާރަ ނައިބަކު ނެތްޙާލަތުގައި ދައުލަތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތަކުގައި ސިވިލް ކޯޓުން ޢަމަލުކުރާނެ ވަކިގޮތް ސިވިލް ކޯޓުގެ ޤާޟިންގެ ޢާންމު މަޖިލީހުން ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން މިއަދު ނިންމި ނިންމުމުގައިވަނީ، ދައުލަތުގެ ބަންޑާރަ ނައިބަކު ނެތް ޙާލަތުގައި، ސިވިލް ކޯޓުގައިހުރި ދައުލަތަށް ދަޢުވާލިބޭ އަދި ދައުލަތުން ދަޢުވާކުރާ މައްސަލަތައް މަޑުޖައްސާލުމަށާއި، މިގޮތުން މައްސަލަތައް މަޑުޖައްސާލިކަމުގައިވިޔަސް އެފަދައިން ޢަމަލުކުރުމުން މައްސަލާގައި ހިމެނޭ ފަރާތެއްގެ ޙައްޤަށް ތަދާރުކު ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެފަދަ ޙާލަތެއްމެދުވެރިވެދާނެ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، ދައުލަތުގެ ބަންޑާރަ ނައިބުގެ ބަހެއް ނުލިބުން އެއީ މައްސަލަ މަޑުޖައްސާލުމަށް އޮތް ސަބަބެއް ކަމުގައި ބަލައި ފިޔަވަޅު ނާޅަ ހުރުމަކީ ޢަދުލުވެރިކަމާއި ގާތްގޮތް ކަމަށް ޝަރީޢަތަށް ނުފެންނަ ޙާލަތުގައި އެމައްސަލައެއްގެ ޙާލަތާއި، ސަބަބާއި، ޢިއްލަތަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ މައްސަލައިގައި ބަންޑާރަ ނައިބުގެ ބަހެއް ނެތި ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ޤާޟީއަށް ލިބިގެންވާކަމަށެވެ.

  • ޤާޟީންގެ މަޖިލީހުގެ ނިންމުން ވިދާޅުވުމަށްThaaval