ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމާ ގުޅޭ

ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބޭނުންވެގެން ހުށަހަޅާފައިވާ ފަރާތްތަކުގެ އެ ރިޕޯޓު ބަލާ އައުމަށް އެފަރާތްތަކަށް ކޯޓުން އެންގުމުން އެފަދަ ރިޕޯޓު ބަލައި ނައިސް، ކޯޓުން އެންގިތާ އެއްމަސް ދުވަސްވެއްޖެނަމަ އެ ރިޕޯޓު އެފަރާތްތަކުން ބޭނުންނުވަނީކަމަށް ބަލައި އެ ރިޕޯޓު އޭގެ ފައިލަށް ލުމަށްފަހު އަރުޝީފަށް ފޮނުވާގޮތަށް ހަމަޖައްސައި އަދި އެފަދަ ރިޕޯޓު ދެން ދޫކުރެވޭނީ އެ ރިޕޯޓަށް އެދި ހުށަހެޅުމުން ކަމަށް މިކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމާފައިވެއެވެ.

ވީމާ 25 އޭޕްރީލް 2013 މި ތާރީޚުން ފެށިގެން މިގޮތަށް ޢަމަލު ކުރެވެމުން ދާނެ ކަމުގައި ދަންނަވަމެވެ.