ޚަބަރު

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން، ސިވިލް ކޯޓުގެ ރިސެސް މުއްދަތަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަދި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ބުނެވިދިޔަ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިތުރު ބަދަލެއް ގެނެސްފައިނުވާތީ، މިއަހަރުގެ ޖޫން 01 އިން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސް އަށް ދާނެ ކަމުގައި ދެންނެވީމެވެ.

މައްސަލައެއްގައި ޙާޟިރުވި ދެމީހަކު ކޯޓުގެ ޙުރުމަތް ކެނޑޭ ގޮތަށާއި، މައްސަލަ ބައްލަވާ ޤާޟީއަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަ ދައްކާފައިވާތީ، އެކަމާއި މެދު ކޯޓުން ގޮތެއް ނިންމައިފިއެވެ

  • ކޯޓުން ނިންމިގޮތް ވިދާޅުވުމަށްThaaval

ސިވިލް ކޯޓުގެ އާވެބްސައިޓް މިއަދު ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްފިއެވެ.

ސިވިލް ކޯޓުގެ އާވެބްސައިޓް މިއަދު ލޯންޗްކޮށްދެއްވީ އާއަހަރުގެ މުނާސަބަތުގައި ކޯޓުގެ މުވައްޒަފުންނަށް މަރްޙަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެއްގައި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންނެވެ.

27 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު، ކުއްލި ގޮތަކަށް އުއްތަމަ ފަނޑިޔާރު ޖަސްޓިސް ބިލްޑިންގއަށް ވަޑައިގެން، ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރގައި ހުންނަ ސިވިލް ކޯޓުގެ ބެލުމުގެ ދަށުގައި ހުރި އަދި ސިވިލް ކޯޓުން ބޭނުންކުރަމުންދިޔަ ކައުންޓަރުގެ ބައެއް، ސިވިލް ކޯޓު ހިންގުމާ ޙަވާލުވެހުރި ޤާޟީއަށް އެންގުމަކާ ނުލައި، ސީދާ ސިވިލް ކޯޓުގެ މުވައްޒަފުންނަށް އަމުރުފުޅުކުރައްވައި، އަދި އިދާރީ އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތުވެސް ނުދެއްވައި، ސިވިލް ކޯޓުގެ އިދާރީ މުވައްޒަފުންގެ އަތުން އެބައިގެ ތަޅުދަނޑި ހޯއްދެވުމަށްފަހު،

ޖަސްޓިސް ބިލްޑިންގގެ ގްރައުންޑްފްލޯރގައި ހުންނަ، މިކޯޓުގެ އިދާރީ ކަންތައްތަކާއި، މިކޯޓަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކުރުމުގެ ކަންތައްތަކާއި، އަދި މި ކޯޓުގެ ޝަރީޢަތް ކުރާ ސެކްޝަނެއްގެ މަސައްކަތް ހިނގަމުންދާ މިކޯޓުގެ ކައުންޓަރުގެ ބައެއް، މިކޯޓަށް ރަސްމީކޮށް އެންގުމެއްނެތި، އަދި މިވަގުތު މިކޯޓު ހިންގުމާ ޙަވާލުވެހުރި ޤާޟީއަށް ރަސްމީކޮށް އެންގުމަކާވެސް ނުލާ، ސީދާ ކޯޓުގެ މުއައްޒަފުންނަށް އަމުރުވެރިގޮތެއްގައި އަންގައި، ވަރަށް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ވަނީ ގެންގޮސްފައެވެ.

ޞަފްޙާ 9 ޖުމްލަ 10 ޞަފުޙާގެ ތެރެއިން