މައްސަލަ ބަލައިގަތުމުގެ ޚިދްމަތް ކޮންމެ ދުވަހަކު ހެނދުނު 8:30 ން 9:30 އަށްދިނުމަށް ފާސްކޮށްފި

27 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު، ކުއްލި ގޮތަކަށް އުއްތަމަ ފަނޑިޔާރު ޖަސްޓިސް ބިލްޑިންގއަށް ވަޑައިގެން، ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރގައި ހުންނަ ސިވިލް ކޯޓުގެ ބެލުމުގެ ދަށުގައި ހުރި އަދި ސިވިލް ކޯޓުން ބޭނުންކުރަމުންދިޔަ ކައުންޓަރުގެ ބައެއް، ސިވިލް ކޯޓު ހިންގުމާ ޙަވާލުވެހުރި ޤާޟީއަށް އެންގުމަކާ ނުލައި، ސީދާ ސިވިލް ކޯޓުގެ މުވައްޒަފުންނަށް އަމުރުފުޅުކުރައްވައި، އަދި އިދާރީ އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތުވެސް ނުދެއްވައި، ސިވިލް ކޯޓުގެ އިދާރީ މުވައްޒަފުންގެ އަތުން އެބައިގެ ތަޅުދަނޑި ހޯއްދެވުމަށްފަހު، އެބައިގައި ހުރި ތަކެތި ނެރެ އެތަން ހުސްކުރުވައި، އެބައިގެ ތަޅުދަނޑި ކްރިމިނަލް ކޯޓާ ޙަވާލުކުރައްވާފައިވުމުގެ ސަބަބުންނާއި، އަދި ކްރިމިނަލް ކޯޓުގެ ބޭނުމަށް އެކައުންޓަރަށް ގިނަ ޢަދަދެއްގެ މީހުން އައިސް ފުނިޖެހިފައިވުމުގެ ސަބަބުން، އެކައުންޓަރުން ސިވިލްކޯޓަށް މައްސަލަ ބަލައިގަތުމާއި، ރަޖިސްޓްރޭޝަންގެ އެހެނިހެން ޚިދުމަތްތަކަށް ބުރޫއަރާ، ޢާންމުންނަށް ދަތިތައްކުރިމަތިވެ، އެކައުންޓަރުގެ ޚިދުމަތްތައް އެ ސަބަބުތަކާހުރެ މެދުކެނޑިފައިވާތީ، އެސަބަބުތައް މެދުވެރިވިކުރުވި ފަރާތްތަކާ މަޝްވަރާކޮށްގެން އެކަން ޙައްލުކުރުމަށް ކުރި މަސައްކަތުންވެސް އަލިމަގެއް ނުފެނި، ޢާންމުންނަށް އެކައުންޓަރުން ދެމުންގެންދިޔަ ޚިދުމަތްތައް ދާއިމީ ސިފައެއްގައި މެދުކެނޑިފައިއޮތުމަކީ ސިވިލްކޯޓުގެ ޤާޟީންގެ ޢާއްމު މަޖްލީހުން ނިހާޔަތަށް ކަންބޮޑުވާ ކަމަކަށްވާހިނދު، އެކައުންޓަރުން ދެމުން ގެންދިޔަ ޚިދުމަތްތައް ޢާއްމުންނަށާއި އެނޫން ފަރާތްތަކަށް ވަގުތީގޮތުން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ޖަސްޓިސް ބިލްޑިންގ ގެ އެންމެ މަތީ ފްލޯއިން ސިވިލް ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ޝަރީޢަތްކުރުމުގެ މަސައްކަތަށް ދަތި ނުވާނެގޮތެއްގެ މަތިން، އެ ފްލޯގައި ހުންނަ ކައުންޓަރުން މައްސަލަ ބަލައިގަތުމާއި، ރަޖިސްޓްރޭޝަންގެ އެހެނިހެން ޚިދުމަތްތައް ހެނދުނު 08:30 އިން 09:30 އަށް ދިނުމަށް ހަމަޖެއްސުމަށް ފާސްވިއެވެ.