ސިވިލް ކޯޓުގެ ރިސެސް

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން، ސިވިލް ކޯޓުގެ ރިސެސް މުއްދަތަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަދި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ބުނެވިދިޔަ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިތުރު ބަދަލެއް ގެނެސްފައިނުވާތީ، މިއަހަރުގެ ޑިސެމްބަރ 01 އިން ޑިސެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސް އަށް ދާނެ ކަމުގައި ދެންނެވީމެވެ.

ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި، ސިވިލް ކޯޓަށް މައްސަލަހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ރިޕޯޓްދޫކުރުމާއި، ލިޔުންތައްދޫކުރުން ފަދަ، ޢާންމުކޮށް މައްސަލަ ހިންގުން ފިޔަވާ އެހެން ހުރިހާ ޚިދްމަތްތަކެއް ކުރިއަށްދާނެއެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ވީމާ މިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.