ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް އެހެން ޢިމާރާތަކަށް ބަދަލުވުން

ސިވިލް ކޯޓުުގެ ރަޖިސްޓްރަރ ގެ ސެކްޝަނާއި، ޝަރީޢަތްކުރާ ސެކްޝަން ތަކުގެ ތެރެއިން BCR-4 ސެކްޝަނާއި އަދި ސްޓޮކް އިންވެންޓްރީ/ޕްރޮކިއުމަންޓް ސެކްޝަން 02 ޑިސެމްބަރ 2014 ދުވަހުން ފެށިގެން ހިނގަމުންދާނީ ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ ޢިމާރާތުގައެވެ.

މިބަދަލާގުޅިގެން، ސިވިލްކޯޓަށް މައްސަލަ ހުށަހެޅުމާއި، މައްސަލަތަކަށް ފައިސާ ބަލައިގަތުމުގެ އެންމެހާ ކަންތައް ހިނގަމުންދާނީ އެ ޢިމާރާތުގެ ތިރީގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރުންނެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި، މައްސަލަތަކަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 8:00 ން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިސެކްޝަންތައް ހިންގާ ޢިމާރާތް ބަދަލުވި ކަމުގައިވިޔަސް، އެތަންތަނުގެ ފޯނު ނަންބަރުތަކާއި، ފެކްސް ނަންބަރުތަކާއި، އީމެއިލް އެޑްރެސްތައް ބަދަލު ނުވާނެ ވާހަކަ ދަންނަވަމެވެ.

  • އިޢުލާން ވިދާޅުވުމަށްThaaval