ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުގެ ނިންމުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އެސް.ސީ/2015/02 (08 ޖެނުއަރީ 2015) ސަރކިއުލަރގައިވާ ގޮތުގެމަތިން މިކޯޓުގައި ޤާއިމުކޮށްފައިވާ 5 (ފަހެއް) ޑިވިޜަންގެ މަސައްކަތް ތަރުތީބުކޮށް، އިދާރީ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 15 ފެބްރުއަރީ 2015 ވާ އާދިއްތަ، މިދުވަހުން ފެށިގެން 19 ފެބްރުއަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކޮށްލުމަށާއި އަދި މިގޮތުން ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކުރެވިފައިވިޔަސް މައްސަލަ ބަލައިގަތުމުގެ އިދާރީ މަސައްކަތް ކުރިއަށް ދާނެކަމަށާއި؛

މިކޯޓުގައި ޤާއިމުކޮށްފައިވާ 5 (ފަހެއް) ޑިވިޜަންގެ ތެރޭގައި ހިމެނޭ މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނާއި، މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނާއި، އިދާރީ މައްސަލަތައް ބަލާ ޑިވިޜަން، އަދި މިކޯޓުގެ އިދާރީ ސެކްޝަނާއި، އައިޓީ ސެކްޝަން ހިނގަމުންދާނީ ޖަސްޓިސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ކަމަށާއި، ޑިސްޕިއުޓް ރިޒޮލިއުޝަންއާބެހޭ ޑިވިޜަނާއި ޙުކުމް ތަންފީޛުކުރުމާއި ބެހޭ ޑިވިޜަން، އަދި ރަޖިސްޓްރާރގެ ސެކްޝަނާއި، ރަޖިސްޓްރޭޝަން ސެކްޝަނާއި، ރަށްރަށު ކޯޓުތަކާއިބެހޭ ސެކްޝަނާއި، ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަނާއި، ރިޕޯޓް ސެކްޝަން (ޕޫލް)، އަދި ފައިސާއާބެހޭ ސެކްޝަން ހިނގަމުންދާނީ ތީމުގޭ އުތުރުން ހުންނަ ސިވިލް ކޯޓުގެ ޢިމާރާތުގައި ކަމަށާއި، އަދި އިދާރީ ގޮތުން އިންތިޒާމުކުރެވޭ ކަންކަންތައް މަގުޗާޓުގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމައިފީމެވެ.


އިދާރީގޮތުން އިންތިޒާމުކުރެވޭ ކަންތަައްތަކުގެ މަގުޗާޓު

15 ފެބްރުއަރީ 2015 (އާދީއްތަ):
  • ޑިވިޜަންތަކާއި ބެހޭ މައްސަލަތައް ދެނެގަނެ މައްސަލަތައް ޑިވިޜަންތަކަށް ތަޙްވީލުކުރުމާއި އެކަމާއިބެހޭ އިދާރީ މަސައްކަތްތައް ކުރުން؛
16 ފެބްރުއަރީ 2015 (ހޯމަ):
  • ޑިވިޜަންތަކުގެ އިދާރީ ކޮޓަރިތަކާއި ޝަރީޢަތުގެ މާލަންތައް އެކަށައަޅައި އެތަންތަނަށް ބޭނުންވާ ފަރުނީޗަރު ހަމަޖައްސައި އެކަމާއިބެހޭ މަސައްކަތްތައް ކުރުން.
17 ފެބްރުއަރީ 2015 (އަންގާރަ):
  • ޑިވިޜަންތަކަށް މުވައްޒަފުން އެކަށައަަޅައި މަސައްކަތް ކުރާނެ ސްޓޭޝަންތައް ހަމަޖެއްސުމާއި، އެކަމާއިިބެހޭ މަސައްކަތްތައް ކުރުން.
18 ފެބްރުއަރީ 2015 (ބުދަ):
  • ޑިވިޜަންތައް ހިންގުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުތަކާއި އެހެނިހެން އިދާރީ ލިޔުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
19 ފެބްރުއަރީ 2015 (ބުރާސްފަތި):
  • ޑިވިޜަންތަކުގެ އިދާރީ މަސައްކަތްތައް ގެންދާނެ ގޮތުގެ ޢާންމު އުޞޫލުތައް އެކަށައަޅައި މުވައްޒަފުންނަށް މަސައްކަތްތަކާއިގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، އަދި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުން.
  • ކަމާގުޅޭ ލިޔުން ވިދާޅުވުމަށްThaaval