ޚަބަރު

ސިވިލް ކޯޓުގެ ފަރާތުން ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް 2016 ވަނަ އަހަރު "ނިންމިކަމާއި އަދި ދަރަޖަވެރިކަން" ދިނުމަށް ނިންމައިފިއެވެ. މިގޮތުން "ނިންމިކަމާއި ދަރަޖަވެރިކަން" ދެވެނީ ދެ ދާއިރާއަކުންނެވެ. އެއީ ޝަރީޢަތްކުރުމުގެ ދާއިރާ އާއި އިދާރީ މަސައްކަތުގެ ދާއިރާއެވެ.

  • ނިންމުން ވިދާޅުވުމަށްThaaval

31 ޑިސެންބަރ 2015 މިދުވަހަކީ މޯލްޑިވްސް މަނިޓަރި އޮތޯރިޓީ ބަންދު ދުވަހެއްކަމުގައިވާތީ، ހަމައެކަނި މިދުވަހު މިކޯޓަށް އެއްވެސް ފައިސާއެއް ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ.

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ދުވަސްވެފައިވާ މައްސަލަތައް މިއަހަރުގެ ތެރޭގައި ކުޑައަޑިކޮށް ނިންމުމަށް މިކޯޓުގެ ޤާޟީން ގަދައަޅާކުރާ މަސައްކަތުގައި 01 ޑިސެމްބަރ 2015 އިން 20 ޑިސެމްބަރ 2015 އަށް މިހިނގާ ދުވަސްތަކުގައިވެސް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ކޯޓުގެ ޤާޟީންގެ މެދުން ނިންމާފައިވާތީ، އެގޮތުގައި ޝަރީޢަތްތައް ހިންގަމުން ގެންދާނެކަމުގައި ދަންނަވަމެވެ.

  • ޤާޟީންގެ ނިންމުން ވިދާޅުވުމަށްThaaval

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 2015 ޑިސެމްބަރ 01 އިން 2015 ޑިސެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު އޮންނާނީ ރިސެސް ގައި ކަމުގައި ދަންނަވަމެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން 2011 ޖެނުއަރީ 04 ދުވަހު ނިންމާފައިވަނީ ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތަކީ ޑިސެމްބަރު މަހުގެ ފުރަތަމަ 20 (ވިހި) ދުވަހާއި، އަހަރުގެ މެދުތެރެއިން 10(ދިހައެއް) ދުވަސްކަމަށެވެ. ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި، ސިވިލް ކޯޓަށް މައްސަލަހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ރިޕޯޓް ދޫކުރުމާއި، ލިޔުންތައް ދޫކުރުން ފަދަ، ޢާންމުކޮށް މައްސަލަ ހިންގުން ފިޔަވާ އެހެން ހުރިހާ ޚިދްމަތްތަކެއް ކުރިއަށްދާނެއެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ސިވިލް ކޯޓުގެ ބައެއް ޑިވިޜަންތައް ހިންގަމުންދާ މަދަނީ ވެހި މިޢިމާރާތުގައި ދިދަ ނަގަން ފެށުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ސިވިލް ކޯޓުގެ ބައެއް ޑިވިޜަންތައް ހިންގަމުންދާ ހަވީރީހިނގުމުގައި ހުންނަ މަދަނީ ވެހީގެ ޢިމާރާތުގައި ދިދަ ނަގަން ފެށުމުގެ ގޮތުން 14-10-2015 ދުވަހު ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިދުވަހުގެ ހެނދުނު 5:45 ގައި ފެއްޓެވި މިރަސްމިއްޔާތުގައި ކީރިތި ޤްރުއާން ކިޔަވާ ވިދާޅުވެދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އެވެ.

ދިދަ ނަންގަވާ ދެއްވީ ހިންގުމާއި ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ. މިރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

ކޯޓުން އިސްނަގައިގެން ޙުކުމްތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު 02 ސެޕްޓެމްބަރ 2015 ވި ބުދަ ދުވަހު ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި، 15 ފެބްރުވަރީ 2015 މިތާރީޚުގެ ކުރީގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމުން ތަންފީޛުކުރުމާއި، 15 ފެބްރުއަރީ 2015 މިތާރީޚު ގެ ފަހުން ކޯޓުން ނިންމާ މައްސަލަތައް ކޯޓުން އިސްނަގައިގެން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެގޮތްތައް މިއުޞޫލުގައިވަނީ ކަނޑައަޅާފައެވެ.

އިތުރު ލިޔުންތައް...

ޞަފްޙާ 5 ޖުމްލަ 10 ޞަފުޙާގެ ތެރެއިން