ސިވިލް ކޯޓުގެ ހުރިހާ ސެކްޝަންތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުވުން

ތީމުގޭ އުތުރުން ހަނވީރީ ހިނގުމުގައި ހުންނަ މަދަނީ ވެހި ޢިމާރާތުގައި ހިންގަމުން ގެންދިޔަ ސިވިލް ކޯޓުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތައް ޖަސްޓިސް ބިލްޑިންގް ގެ ޢިމާރާތަށް ބަދަލުކޮށް 20 މާރިޗް 2016 މިދުވަހުން ފެށިގެން މިޑިވިޜަންތަކާއި ސެކްޝަންތައް ހިންގަމުން ގެންދާނީ ޖަސްޓިސް ބިލްޑިންގ ގެ ޢިމާރާތުގައެވެ.

އެގޮތުން ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑް ފްލޯރގައި ހިންގަމުންދާނީ މިކޯޓުގެ ރަޖިސްޓްރާރ ސެކްޝަނާއި، ފައިސާއާބެހޭ ސެކްޝަންނާއި ރިޕޯޓު ސެކްޝަން އަދި ރިކޯޑު ސެކްޝަނެވެ. ޖަސްޓިސް ބިލްޑިންގ ގެ ދެވަނަ ފްލޯރ (ކުރީގެ ކްރިމިނަލް ކޯޓު ހިނގަމުން އައި ފްލޯރ) ގައި ހިންގަމުންދާނީ މިކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގެ 03 ސެކްޝަނާއި، ޙުކުމް ތަންފީޛުކުރުމާބެހޭ ޑިވިޜަންގެ 02 ސެކްޝަނާއި، އައި.ޓީ ސެކްޝަނާއި، ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަން އަދި ރަޖިސްޓްރޭޝަން ސެކްޝަނެވެ.

މިގޮތަށް މިބަދަލުތައް ގެނެވުމާއި ގުޅިގެން މަސައްކަތުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި އަދި ޙުކުމް ތަންފީޛުކުރުމާބެހޭ ޑިވިޜަނުގެ މައްސަލަތައް 20 މާރިޗް 2016 މިތާރީޚުން ފެށިގެން 02 ދުވަހަށް ކުރިއަށް ގެންދިޔުން ވަނީ ފަސްކުރެވިފައެވެ.

މި ދެ ޑިވިޜަންގެ މަސައްކަތްތައް މިގޮތަށް ފަސްކުރެވުނު ކަމިގައިވީނަމަވެސް މިކޯޓުގެ މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނުގެ 02 ސެކްޝަނާއި، މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނުގެ 03 ސެކްޝަނާއި، އިދާރީ މައްސަލަތައް ބަލާ ޑިވިޜަނުގެ 02 ސެކްޝަނުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމުގައިވެސް ދެންނެވީމެވެ.

ވީމާ މިކަން ޢާންމުކުރުމުގެ ގޮތުން ދެންނެވީމެވެ.

  • ޕީ.ޑީ.އެފް ވިދާޅުވުމަށްThaaval