ސިވިލް ކޯޓު ރިސެސް އަށް ދިއުން

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 2015 ޖޫން 01 އިން 2015 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސް އަށް ދާނެ ކަމުގައި ދެންނެވީމެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން 2011 ޖެނުއަރީ 04 ދުވަހު ނިންމާފައިވަނީ ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތަކީ ޑިސެމްބަރު މަހުގެ ފުރަތަމަ 20 (ވިހި) ދުވަހާއި، އަހަރުގެ މެދުތެރެއިން 10(ދިހައެއް) ދުވަސްކަމަށެވެ. ބުނެވިދިޔަ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިތުރު ބަދަލެއް ގެނެސްފައިނުވެއެވެ.

ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި، ސިވިލް ކޯޓަށް މައްސަލަހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ރިޕޯޓްދޫކުރުމާއި، ލިޔުންތައްދޫކުރުން ފަދަ، ޢާންމުކޮށް މައްސަލަ ހިންގުން ފިޔަވާ އެހެން ހުރިހާ ޚިދްމަތްތަކެއް ކުރިއަށްދާނެއެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.