ސިވިލް ކޯޓުގައި ސާފުކުރާ ދުވަހެއް ފާހަގަކޮށްފި

ހިނގަމުން މިދާ ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި ސިވިލް ކޯޓުގައި ކޯޓު ސާފުކުރާ ދުވަހެއް 03 ޖޫން 2015ގައި ފާހަގަ ކޮށްފިއެވެ.

އެގޮތުން ސާފުކުރުމުގެ ހަރަކާތުގައި ސިވިލް ކޯޓު ހިންގާ ކުރީގެ އެސްޓީއޯ ޢިމާރާތާއި، ޖަސްޓިސް ބިލްޑިންގ 3 ވަނަ ފްލޯ ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އާލާކުރުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ މަޤުޞަދުގައި ބޭއްވި މިހަރަކާތުގައި ސިވިލް ކޯޓުގެ ހުރިހާ ޤާޟީންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިވިލް ކޯޓުގެ ހުރިހާ ޤާޟީންނާއި މުވައްޒަފުން 8 ގުރޫޕަކަށް ބަހާލައިގެންނެވެ.

ހިގަމުން މިދާ ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތު ނިމޭނީ 10 ޖޫން 2015ގައެވެ. ރިސެސްގެ މުއްދަތުގައި މުވައްޒަފުންނަށް ކޯޓާބެހޭ ގޮތުންނާއި، ޤާނޫނީ ދާއިރާއާއިބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އެކި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.