ކޯޓުން އިސްނަގައިގެން ޙުކުމްތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު 02 ސެޕްޓެމްބަރ 2015 ވި ބުދަ ދުވަހު ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ފާސްކޮށްފި

ކޯޓުން އިސްނަގައިގެން ޙުކުމްތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު 02 ސެޕްޓެމްބަރ 2015 ވި ބުދަ ދުވަހު ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި، 15 ފެބްރުވަރީ 2015 މިތާރީޚުގެ ކުރީގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމުން ތަންފީޛުކުރުމާއި، 15 ފެބްރުއަރީ 2015 މިތާރީޚު ގެ ފަހުން ކޯޓުން ނިންމާ މައްސަލަތައް ކޯޓުން އިސްނަގައިގެން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެގޮތްތައް މިއުޞޫލުގައިވަނީ ކަނޑައަޅާފައެވެ. އަދި ޙުކުމްތަންފީޛު މައްސަލައެއްގައި ދަޢުވާކުރާމީހާ، ނުވަތަ ދަޢުވާލިބޭ ފަރާތް ނިޔާވުމުން ނުވަތަ ޝަޙްޞު މަޢުނަވީއެއް އުވުމުން ޢަމަލުކުރެވޭނެގޮތާއި އިފްލާސް މަރުހަލާ ފެށޭނެގޮތްތަކާއި ޙުކުމްތަންފީޛު ނިންމުމަކަށް ގެނެވޭނެގޮތްތަކެއް ވެސް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަދި ސާބިތު ދަރަނީގެ މައްސަލަތަކާއި، ޙުކުމްތަންފީޛުގެ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތް ޙާޟިރުނުވިކަމުގައިވިޔަސް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި، އަދި ޙުކުމް ތަންފީޛު ޑިވިޜަނުން، އެފަދަ މައްސަލާގެ ފޯމު ބާޠިލު ނުކުރުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުންވެސް ކޯޓުން ޙުކުމްތަންފީޛު މައްސަލަތައް ހިންގުމުގައި ޢަމަލުކުރާނެ މައިގަނޑު ހަމަތަކާއި ގޮތްތައް މިއުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

  • އުޞޫލު ވިދާޅުވުމަށްThaaval