ސިވިލް ކޯޓު ރިސެސް އަށް ދިއުން

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 2015 ޑިސެމްބަރ 01 އިން 2015 ޑިސެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު އޮންނާނީ ރިސެސް ގައި ކަމުގައި ދަންނަވަމެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން 2011 ޖެނުއަރީ 04 ދުވަހު ނިންމާފައިވަނީ ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތަކީ ޑިސެމްބަރު މަހުގެ ފުރަތަމަ 20 (ވިހި) ދުވަހާއި، އަހަރުގެ މެދުތެރެއިން 10(ދިހައެއް) ދުވަސްކަމަށެވެ. ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި، ސިވިލް ކޯޓަށް މައްސަލަހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ރިޕޯޓް ދޫކުރުމާއި، ލިޔުންތައް ދޫކުރުން ފަދަ، ޢާންމުކޮށް މައްސަލަ ހިންގުން ފިޔަވާ އެހެން ހުރިހާ ޚިދްމަތްތަކެއް ކުރިއަށްދާނެއެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.