ސިވިލް ކޯޓުގެ ބައެއް ޑިވިޜަންތައް ހިންގަމުންދާ މަދަނީ ވެހި މިޢިމާރާތުގައި ދިދަ ނަގަން ފެށުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ސިވިލް ކޯޓުގެ ބައެއް ޑިވިޜަންތައް ހިންގަމުންދާ މަދަނީ ވެހި މިޢިމާރާތުގައި ދިދަ ނަގަން ފެށުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ސިވިލް ކޯޓުގެ ބައެއް ޑިވިޜަންތައް ހިންގަމުންދާ ހަވީރީހިނގުމުގައި ހުންނަ މަދަނީ ވެހީގެ ޢިމާރާތުގައި ދިދަ ނަގަން ފެށުމުގެ ގޮތުން 14-10-2015 ދުވަހު ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިދުވަހުގެ ހެނދުނު 5:45 ގައި ފެއްޓެވި މިރަސްމިއްޔާތުގައި ކީރިތި ޤްރުއާން ކިޔަވާ ވިދާޅުވެދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އެވެ.

ދިދަ ނަންގަވާ ދެއްވީ ހިންގުމާއި ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ. މިރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.