ސިވިލް ކޯޓުގެ މުވައްޒަފަކު ރިޓަޔަރ ކުރުމުން ތަކްރީމްގެ ޖަލްސާ ބާއްވައިފި

ސިވިލް ކޯޓުގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ހައުސްކީޕަރ އަލްފާޟިލާ މަރްޔަމް މުޙައްމަދުފުޅު ރިޓަޔަރ ކުރުމުގެ ތަކްރީމްގެ ޖަލްސާ ބާއްވައިފިއެވެ.

މަރްޔަމް މުޙައްމަދުފުޅު ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރައްވާފައިވަނީ 24 އޯގަސްޓް 1994 ން 01 އޯގަސްޓް 1997 އަށް އޭރުގެ ކޯޓު ނަންބަރު 2 ގައި މަސައްކަތު މަޤާމާއި،01 އޯގަސްޓް 1997 ން 21 އޮކްޓޯބަރ 2010 އަށް މަދަނީ ކޯޓުގައި މަސައްކަތުގެ މަޤާމާއި، 21 އޮކްޓޯބަރ 2010 ން 21 އޭޕްރީލް 2016 އަށް ސިވިލް ކޯޓުގައި މަސައްކަތުގެ މަޤާމާއި ހައުސްކީޕަރ ގެ މަޤާމް އަދާކުރައްވާފައިވެއެވެ. މިގޮތުން މަރްޔަމް މުޙައްމަދުފުޅު ޝަރުޢީ ދާއިރާގައި ޖުމްލަ 21 އަހަރާއި 07 މަހާއި 22 ދުވަސް ވަޒީފާ އަދާކުރައްވާފައިވެއެވެ. ރިޓަޔަ ކުރެއްވިއިރު ހުންނެވީ ހައުސްކީޕަރ ގެ މަޤާމުގައެވެ.

މަރްޔަމް މުޙައްމަދުފުޅު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން މިއަދު ކޯޓުގައިވަނީ ތަކްރީމްގެ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ބައިވެރިވިއެވެ. މަރްޔަމް މުޙައްމަދުފުޅު ކޯޓަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތެރި އިޚްލާޞްތެރި މަސައްކަތުގެ އަގުވަޒަންކުރާ ކަމުގައްޔާއި، މަރްޔަމް މުޙައްމަދުފުޅު ކޯޓާއި ވަކިވެގެން ދިޔުމަކީ ކޯޓަށް ލިބުނު އުނިކަމެއް ކަމުގައި ދެކި އެކަން ފާހަގަކޮށް ޤާޟީން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން މިޖަލްސާގައި ޤާޟީންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޙަލީމް އާއި ސިވިލް ކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އެވެ. އަދި މިޖަލްސާގައި މަރްޔަމް މުޙައްމަދުފުޅުގެ ޚިދްމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މަރްޔަމް މުޙައްމަދުފުޅު އަށް ވަނީ އަގުވަޒަންކުރުމުގެ ލިޔުމެއް ޙަވާލުކޮށްފައެވެ. މިލިޔުން ޙަވާލުކޮށްދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.

  • ޚަބަރު ވިދާޅުވުމަށްThaaval