މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް:
މިޑިވިޜަނުން ބަލާނީ 1,000,000/-ރ. (އެއްމިލިއަންރުފިޔާ) އަށްވުރެގިނަ، ފައިސާއާބެހޭ މައްސަލަތަކާ އަގުގެ ގޮތުން އެފަދަ ނުވަތަ އެއަށްވުރެ ބޮޑު މުދަލާބެހޭ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.
- އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ
- އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުން
- މެޑިކަލް ނެގްލިޖަންސް
- ރަހުނު ހިމެނޭ ލޯނު
- ރަހުނު ނުހިމެނޭ ލޯނު
- ހަޔަރ ޕާޗޭސް / ފައިނޭންސް ލީސިންގ މައްސަލަ
- އިންޝުއަރެންސާބެހޭ މައްސަލަ
- ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ
- ކުންފުނީގެ ޑިރެކްޓަރުން ޙައްޤު ހޯދުމަށް ހުށަހަޅާ މައްސަލަ
- ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަ
މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް:
މިޑިވިޜަނުން ބަލާނީ 1,000,000/-ރ. (އެއްމިލިއަންރުފިޔާ) އަށްވުރެމަދު، ފައިސާއާބެހޭ މައްސަލަތަކާ އަގުގެ ގޮތުން އެފަދަ ނުވަތަ އެއަށްވުރެ މަދު މުދަލާބެހޭ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.
- ބެލުންޝަރުޠު ފުރިހަމަވިކަން ސާބިތުކުރުން
- ބެލުންޝަރުޠުކުރި ގޮތާއި ޚިލާފުވިކަމަށް ކަނޑައަޅައިދިނުން
- ވަޤުފުކުރުން
- ހަޖުރުކުރުން
- ބިން ވިއްކުން
- ބިން ބައިކުރުން
- ބިން އައްޔަންކުރުން
- ބިން އެއްކުރުން
- ޢިމާރާތްތަކުގެ ފަންގިފިލާތައް އައްޔަންކުރުން
- ޢިމާރާތްތަކުގެ ފަންގިފިލާތައް ބައިކުރުން
- ޢިމާރާތްތަކުގެ ފަންގިފިލާތައް އެއްކުރުން
- ލާޖެއްސުން
- ބިން ބަދަލުކުރުން
- މިލްކުވެރިކަން ސާބިތުކުރުން
- މިލްކުވެރިކަން ބަދަލުކުރުން
- ބިންނުހިމެނޭ އެއްމެދުމުދާ ބައިކުރުން
- ބިން ނުހިމެނޭ އެއްމެދު މުދާ އައްޔަންކުރުން.
- އިންވަކިކޮށް ނުދިނުމާއި ކަންމުޑިއަޅައި ނުދިނުމުން ހުށަހަޅާ މައްސަލަ
- ގޯތިގެދޮރުން މީހުންނާއި މުދާ ނެރުން
- އަހުލިއްޔަތު ނުލިބޭ މީހުން ހިމެނޭ މުދާ ރަހުނު ކުރުން
- އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުން
- އިހުމާލުވެފައިވާކަން ސާބިތުކުރުން
- އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުން
- ރަހުނު ހިމެނޭ ލޯނުގެ މައްސަލަ
- ރަހުނު ނުހިމެނޭ ލޯނުގެ މައްސަލަ
- ކްރެޑިޓް ކާޑާއި ބެހޭ މައްސަލަ
- ހަޔަރޕާޗޭސް / ފައިނޭންސް ލީސިން މައްސަލަ
- އިންޝުއަރެންސްއާއި ބެހޭ މައްސަލަ
- ކުންފުނީގެ ޤާނޫނީ ޝަޚްސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން
- ކުންފުނީގެ ޑިރެކްޓަރުން ޙައްޤު ހޯދުމަށް ހުށަހަޅާ މައްސަލަ
- ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަ
- ބިމާއި އިމާރާތްތައް ކުއްޔަށް ދިނުމާއިބެހޭ މައްސަލަ
- މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ
- ހޮވައިގެން ގެނެވޭ ތަކެއްޗާއި ބެހޭ މައްސަލަ
- ރުއްގަހަށް ބަދަލުދިނުން
- ތުރާފިލުވުން
- ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ
- އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުން
- މެޑިކަލް ނެގްލިޖަންސް
- ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަ
އިދާރީ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތުގެ މައްސަލަތައް:
މިޑިވިޜަނުން ބަލާނީ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ހިމެނޭ، އިދާރީ ޠަބީޢަތުގެ ދަޢުވާ ތަކާއި އިދާރީ ކޮންޓްރެކްޓްތަކާއި އިދާރީ ފިޔަވަޅުތަކާއިބެހޭ މައްސަލަތަކެވެ. އެގޮތުން އަންނަނިވި ބާވަތްތަކުގެ މައްސަލަ އިދާރީ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާނެއެވެ.>
- އިދާރީ ކޮންޓްރެކްޓްތަކާބެހޭ ދަޢުވާ
- އިދާރީ ފިޔަވަޅުތަކާ ބެހޭ ދަޢުވާ
- ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ
ޙުކުމް ތަންފީޛު ކުރުމާއި ބެހޭ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް:
މިޑިވިޜަނުން ބަލާނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައި ކޯޓާއި އަދި ކްރިމިނަލް ކޯޓުން ކުރާ ޙުކުމްތައް ނުވަތަ ޙުކުމްތަކުގެ ތެރޭގައި ހިމެނޭ މަދަނީ ބައިތައް ތަންފީޛުކުރުމުގެ މައްސަލަތައް
- ސިވިލް ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގެ މައްސަލަތައް
- ސާބިތު ދަރަނީގެ މައްސަލަތައް (ސާބިތު ދަރަންޏަކީ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރަން ހުންނަ ދަރަނިތަކެވެ.)
- އެހެނިހެން ތަންފީޛުގެ މައްސަލަތައް