ސިވިލް ކޯޓުގެ ތަޢާރަފް



ސިވިލް ކޯޓަކީ 21 އޮކްޓޯބަރ 2010 ގައި ތަޞްދީޤު ކުރި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) ގެ ދަށުން އުފެދިފައިވާ ސުޕީރިއަރ ކޯޓެކެވެ. މި ކޯޓަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެކެވެ. ސިވިލް ކޯޓު އުފެދުމާ ހަމައަށް ސިވިލް ކޯޓުގެ އިޚްތިޞާޞްގައި ހިމެނޭ މައްސަލަތައް ބަލަމުން އައީ 01 އޮގަސްޓް 1997 ގައި އުފެއްދި މަދަނީ ކޯޓުންނެވެ. ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޜަނެއް ޤާއިމުކޮށްފައިވަނީ 13 އޭޕްރިލް 2016 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުންނެވެ.


ވިޝަން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތްވާގޮތުގެމަތީން ވަކިފަރާތަކަށް ނުޖެހި މުސްތަޤިއްލުކަމާއި މިނިވަންކަމާއިއެކު ރައްޔިތުންގެ ޙައްޤުތައް ވީއެންމެ އަވަހަކަށް ހޯދައިދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޢަދުލުއިންސާފު ޤާއިމްކުރާ ކޯޓަކަށްވުމެވެ.


މިޝަން

ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެމަތީން ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ، އިތުބާރު ލިބިފައިވާ ގޮތަށް ޢަދުލު އިންސާފު ޤާއިމްކުރުމެވެ.