ސިވިލް ކޯޓުގެ ޝަރީޢަތުގެ ޑިވިޜަންތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ސިވިލް ކޯޓުގައި ޝަރީޢަތްކުރާ ޑިވިޜަންތަކެއް ޤާއިމުކޮށް، އެޑިވިޜަންތަކުގެ މަސައްކަތްތައް އެކަށައަޅާފައިވާތީ، އެކަމުގެ މައްޗަށް ކޯޓުގެ އިދާރީ ކަންކަން ތަރުތީބުކޮށް، އެކަންކަމުގެ މަޢުލޫމާތު ކޯޓުގެ

މުވައްޒަފުންނަށް ދިނުމަށް ބައްދަލުވުމެއް ކޯޓުގައި ބާއްވައިފިއެވެ.

ސިވިލް ކޯޓުގެ އައު ޢިމާރާތުގައި ބޭއްވުނު މިބައްދަލުވުމުގައި ކޯޓުގެ ޑިވިޜަންތަކުން ބަލާ މައްސަލަ ތަކާއި، މައްސަލަތައް ހުށަހަޅާ ފޯމާއި، ޝަރީޢަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތާއި، އަދި އެކަންކަމުގައި

މުވައްޒަފުން އަދާކުރަންޖެހޭ ދައުރުގެ މައްޗަށް މުވައްޒަފުންނަށް މަޢުލޫމާތު ދީފައިވެއެވެ. 

ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ ޑިވިޜަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވީ އެޑިވިޜަނެއްގެ ޤާޟީންނެވެ. އެގޮތުން، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި، މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނާއި، މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނާއި، އިދާރީ މައްސަލަތައް ބަލާ ޑިވިޜަނާއި، ޙުކުމް ތަންފީޛުކުރުމާއި ބެހޭ ޑިވިޜަނާ ބެހޭ ގޮތުން އެޑިވިޜަންތަކުގެ ޤާޟީން މަޢުލޫމާތު ދީފައިވެއެވެ.

މައްސަލަ ރަޖިސްޓްރީކުރުމާއި، ދަޢުވާފޯމުތަކާއި ގުޅޭގޮތުންނާއި، އަދި ޙުކުމްކުރުމަށްފަހު ތަންފީޛު ޑިވިޜަނަށް ތަންފީޛުކުރުމަށް މައްސަލަ ފޮނުވުމަށް ހަމަޖެހިފައިވާ ގޮތާއި އެކަމު އިދާރީ ކަންކަމާއި ބެހޭ ގޮތުން ކޯޓުގެ ރަޖިސްޓްރަރ މަޢުލޫމާތު ދީފައިވެއެވެ.

ސިވިލް ކޯޓުގެ ޝަރީޢަތްތައް ހިންގުމުގެ މިއައު ނިޒާމު ފައްކާވެ ފުރިހަމަވެގެންދާނީ މުވައްޒަފުންގެ ހީވާގިވެ، ކެރުންތެރިކަމާއި އެކު މުރާލިކަންމަތީ މަަސައްކަތުގައި ދެމިތިބެ އިޚްލާޞްތެރިކަމާއެކު ގަދައަޅައި ކުރާ މަސައްކަތުގެ ނަތީޖާ އިންކަމަށްވާތީ މަސައްކަތުގައި ދެމި ތިބުމުގެ ޢަޒުމު އައުކޮށް މަސައްކަތް އަވަސްކަމާއިއެކު ގަޑަގަޑަލާފައިގޮސް ނިންމާދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށް މުވައްޒަފުންގެ ކިބައިން އެދެވިގެންވާކަމަށް، ޤާޟީން އެދިވަޑައިގެންނެވިއެވެ.