ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުތަކަށް ބަދަލު ގެންނަން ނިންމައިފި

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުތަކަށް ބަދަލު ގެނެސް ސިވިލް ކޯޓުގެ ޑިވިޜަންތަކަށް މައްސަލަ ހުށަހަޅާ ފޯމުތަކެއް މިއަދު ޤާޟީންގެ ޢާންމު މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޢާރަފު ކޮށްފައިވަނީ، މުދަލާ ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާފޯމާއި، މުދަލާ ފައިސާއާބެހޭ ކުދިި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަންގެ 05 (ފަހެއް) ފޯމަކާއި، އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމަކާއި، އަދި ޙުކުމް ތަންފީޛު ޑިވިޜަނަށް މައްސަލަ ހުށަހަޅާ 02 (ދޭއް) ފޯމެކެވެ.

ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމާފައިވަނީ ފޯމުތައް 1 މާޗް 2015 ތާރީޚުން ފެށިގެން ބަލައިގަންނަމުން ދިއުމަށެވެ. މިބަދަލާއިއެކު ކޯޓަށް ކުރިން މައްސަލަ ހުށަހެޅުމަށް ޢާންމުކޮށްފަައިވާ ފޯމުތަކުން ހުށަހަޅާ މައްސަލަތައް 1 މާޗް 2015 ތާރީޚުން ފެށިގެން ކޯޓުން ބަލައިގަންނަމުން ނުދާނެއެވެ. އަދި، 1 މާޗް 2015 ތާރީޚުގެ ކުރިން ހުށަހަޅާފައިވާ ފޯމުތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށްވެސް ނިންމާފައިވެއެވެ.