ޑިވިޜަންތަކުން މައްސަލަތަކުގައި ޢަމަލުކުރެވޭގޮތުގެ ޢާންމު އުޞޫލުތައް ކަނޑައަޅައިފި

ސިވިލް ކޯޓުގެ އެކި ޑިވިޜަންތަކުން މައްސަލަތަކުގައި ޢަމަލުކުރެވޭގޮތުގެ ޢާންމު އުޞޫލުތައް މިއަދު ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުން ކަނޑައަޅައިފިއެވެ.

ޤާޟީންގެ ޢާންމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން، މައްސަލަ ކޯޓަށް ބަލައިގަތުމާއި، ރަޖިސްޓްރީކުރުމާއި، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ފޮނުވުމާއި، އެޑިވިޜަނުން އެހެން ޑިވިޜަންތަކަށް މައްސަލަތައް ފޮނުވުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު ބަޔާންކޮށްފައިވެއެވެ. އަދި ޙުކުމް ތަންފީޛުކުރަންޖެހޭ މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތުގެ ޢާންމު އުޞޫލު ކަނޑައަޅާފައިވެއެވެ.