އިދާރީގޮތުން އިންތިޒާމުކުރެވޭ ކަންތަައްތަކުގެ މަގުޗާޓެއް އެކުލަވާލައި ތަންފީޛުކުރަން ފަށައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:އެސް.ސީ/2015/02 (08 ޖެނުއަރީ 2015) ސާކިއުލަރގައިވާ ގޮތުގެމަތިން މިކޯޓުގައި ޤާއިމުކޮށްފައިވާ 5 (ފަހެއް) ޑިވިޜަންގެ މަސައްކަތް ތަރުތީބު ކޮށް، އިދާރީ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 15 ފެބްރުއަރީ 2015 ވާ އާދިއްތަ، މިދުވަހުން ފެށިގެން 19 ފެބްރުއަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ކަންކަން އެކުލެވޭ "އިދާރީގޮތުން އިންތިޒާމުކުރެވޭ ކަންތަައްތަކުގެ މަގުޗާޓު" ތަންފީޛު ކުރަން ފަށައިފިއެވެ.

އެގޮތުން، މިއަދުގެ ނިޔަލަށް ކަނޑައަޅާފައިވާ،ޑިވިޜަންތަކާއި ބެހޭ މައްސަލަތައް ދެނެގަނެ މައްސަލަތައް ޑިވިޜަންތަކަށް ތަޙްވީލުކުރުމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއި،ޑިވިޜަންތަކުގެ އިދާރީ ކޮޓަރިތަކާއި ޝަރީޢަތުގެ މާލަންތައް އެކަށައަޅައި އެތަންތަނަށް ބޭނުންވާ ފަރުނީޗަރު ހަމަޖެއްސުމާއި ގުޅޭ ކަންކަމާއި، އަދި ކޯޓުގެ އިދާރީ މަަސައްކަތްތައް ކުރާނެ ސެކްޝަންތައް ތަރުތީބު ކުރުމާއި ގުޅޭ މަސައްކަތްތަކެވެ.

މިހަފްތާގެ ނިޔަަލަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެތެރޭގައި ޑިވިޜަންތަކަށް މުވައްޒަފުން އެކަށައަަޅައި މަސައްކަތް ކުރާނެ ސްޓޭޝަންތައް ހަމަޖެއްސުމާއި، އެކަމާއިިބެހޭ މަސައްކަތްތައް ކުރުމާއި، ޑިވިޜަންތައް ހިންގުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުތަކާއި އެހެނިހެން އިދާރީ ލިޔުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޑިވިޜަންތަކުގެ އިދާރީ މަސައްކަތްތައް ގެންދާނެ ގޮތުގެ ޢާންމު އުޞޫލުތައް އެކަށައަޅައި މުވައްޒަފުންނަށް މަސައްކަތްތަކާއިގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، އަދި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.

  • ކަމާގުޅޭ ލިޔުން ވިދާޅުވުމަށްThaaval