ބޭންކުތައް މެދުވެރިކޮށް ސިވިލް ކޯޓަށް ޔޫ.އެސް ޑޮލަރު ދެއްކޭނެ ޚިދުމަތް ތާޢާރަފްކުރުން

ކޮވިޑް 19 އާއި ގުޅިގެން ކަނޑައެޅޭ އައު ޢާންމު ޙާލަތުގައި ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން ޢަމަލުކުރަންޖެހޭ އުޞޫލު 2020/14 (03 ޖުލައި 2020) ގެ 1.14 ގައިވާ

ގޮތުން ކޯޓަށް ބަލައިގަންނަ ފައިސާ ބަލައިގަނެވޭނީ " ބަނޑޭރިޕޭ " މެދުވެރިކޮށް ކަމަށްވެފައި، މި އެޕްލިކޭޝަން މެދުވެރިކޮށް ޔޫ.އެސް.ޑޮލަރުން ފައިސާ ދެއްކެން ނެތުމާއެކު، ސިވިލް ކޯޓަށް ސާބިތު ދަރަނީގެ ގޮތުގައި ޢާންމު ފަރުދުންނާއި ކުންފުނިތަކުން ދައްކަންޖެހޭ ޔޫ.އެސް.ޑޮލަރު ބޭންކުތައް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފޯމެއް ތައްޔާރުކޮށް 12 އޮކްޓޯބަރު 2020 ދުވަހުން ފެށިގެން ސިވިލް ކޯޓުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ އުނިކުރައްވާ އެކައުންޓް އޮތް ބޭންކުތަކަށް ފޯމު ހުށަހެޅުއްވުމުން، އެފައިސާ އެމް.އެމް.އޭ އަށް ފޮނުއްވުމަށްފަހު އެކަން ބޭންކުތަކުން ސިވިލް ކޯޓަށް އެންގެވުމުން ފައިސާ ދެއްކި ފަރާތަށް ފައިސާ ބަލައިގަތްކަމުގެ ރަސީދު ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އަށް މެއިލް ކުރެވެމުން ދާނެއެވެ.