ސިވިލް ކޯޓު ރިސެސްއަށް ދިޔުން

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 01 ޑިސެންބަރު 2018 އިން 20 ޑިސެންބަރު 2018 އަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން 04 ޖަނަވަރީ 2011 މިތާރީޚުގައި ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 (ވިހި) ދުވަސްކަމަށްވާތީ، މިގޮތުން މިފެށޭ ޑިސެންބަރު މަހުގެ 01 ން 20 ގެ ނިޔަލަށް އެއީ ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތެކެވެ.

ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދެވޭނެއެވެ.

ރިސެސްގެ މުއްދަތުގައި ޢާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީޢަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތަކެވެ. މިގޮތުން ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ.

  • ޕީ.ޑީ.އެފް ވިދާޅުވުމަށްThaaval