ސިވިލް ކޯޓު ރިސެސްއަށް ދިއުން

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 01 ޖޫން 2018 އިން 10 ޖޫން 2018 އަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން 04 ޖަނަވަރީ 2011 މިތާރީޚުގައި ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 (ވިހި) ދުވަސްކަމަށްވާތީ، މިގޮތުން މިފެށޭ ޖޫން މަހުގެ 01 ން 10 ގެ ނިޔަލަށް އެއީ ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތެކެވެ.

ސިވިލް ކޯޓުގެ ރިސެސް މުއްދަތުގައި، ޢާންމުކޮށް މައްސަލަތައް ހިންގުމެއް ނޯންނާނެއެވެ. ޢާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް ރިސެސްގެ މުއްދަތުގެ ދުވަސްތައް ނޫން ދުވަސްތަކާއި އެއްގޮތަށެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.