- ޒިޔާރަތްކުރެވުނު: 408
ސިވިލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން އިސްނަގައިގެން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ތަކްރީމް ކުރުމުގެ ޙަފްލާގައި މުވައްޒަފުންގެ ފަރާތުން، އިސްޤާޟީ އަށް ވަނީ ހަނދާނީ ޚާއްޞަ އަލްބަމެއް ހަދިޔާކޮށްފައެވެ.
މިއަދުގެ ޙަފްލާގައި ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ވަނީ އިސްޤާޟީގެ މަތިވެރި ޚިދުމަތްތަކުގެ ޛިކުރު އާކޮށް، ޢުމްރާނީ ގޮތުންނާއި އިންސާނީ ވަޞީލަތް ބިނާކުރުމުގެ ގޮތުންން އިސްޤާޟީ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިގޮތުން އިސްޤާޟީގެ ޢިލްމީ ދަންމަރުގެ އިސްކަމާއި މަތިވެރި ޙިކުމަތާއި ޤަޟާއީ މަތިވެރި އުސްލޫބުތަކާއި ނިންމުންތަކުގެ ހަރުދަނާ ކަމުގެ މައްޗަށް މިކޯޓުގެ ޤާޟީންވަނީ މަތިވެރި ޝުޢޫރުތައް ފާޅުކުރައްވާފައެވެ.
މީގެ އިތުރުން މިޙަފްލާގައި، އިސްޤާޟީ ޢަބްދުﷲ ޢަލީ މުވައްޒަފުންނާއި ބާއްވަވާ ގާތްކަމާއި މަސައްކަތުގެ ޝައުޤު އިތުރު ކުރުމަށް ޝާމިލުވެވަޑައިގަންނަވާ ފުރިހަމަކަމާއި ބާވައްވާ އޯގާތެރި ކަމާއި ގެންގުޅުއްވާ ޙިކުމަތުޢަމަލީގެ މާތް ސުލޫކުގެ ޛިކުރާކޮށް ކޯޓުގެ ޢާއްމު މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް އަސަރުގަދަ ޝުޢޫރުތަކެއް ފާޅުކުރައްވާފައެވެ.
މުވައްޒަފުންނާއި ޤާޟީންނާއި މުޚާތަބު ކުރައްވަވައި އިސްޤާޟީ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ޚިދުމަތްތެރިވުމުގައި ލާމަސީލު ނަމޫނާ ދައްކާތަނެއްކަމުގައި ސިވިލްކޯޓު ހެދުމަށް އިސްޤާޟީ ގެންގުޅުއްވި މަތިވެރި ދުރުރާސްތާ ކުރިމަގުގެ މަތިން ހަނދުމަކޮށްދެއްވާ، އިޚްލާޞްތެރިކަމާއި އެކު ކޯޓަށް ޚިދުމަތްކުރުން މަތީ ދެމިތިބުމަށް ވަޞީއްޔަތްކުރެއްވިއެވެ.
މިކޯޓުގެ ހުރިހާ މުވައްޒަފުން ގެ އެދުމަކީ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއަށް ފާގަތިކަމާއި ހެޔޮ ޞިއްޙަތާއި ހެޔޮލަފާ ކުރިމަގެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުމެވެ. މިޙަފްލާ ނިންމާލާފައިވަނީ އިސްޤާޟީއަށް ޚާއްޞަކޮށްގެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ކޭކު ފެޅުމުގެ ރަސްމިއްޔާތަކުންނެވެ.
ޤާނޫނު ނަންބަރު: 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުައި އެޤާނޫނާއި އެޤާނޫގެ ދަށުން ހެދޭ މަދަނީ އިޖުރާއަތުގެ ޤަވާއިދަށް ތައްޔާރުވުމުގެ ގޮތުން 10 ޖޫން 2022 ިން 20 ޖޫން 2022 މިތާރީޚުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސްއަށް ދިއުމަށް 31 މެއި 2022 މިދަވހު ބޭއްވުނު ސިވިލް ކޯޓު ޤާޟީންގެ ޢާއްމު މަޖިލީހުންވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރުގޮނޑި ނަމުގައި ސިވިލްކޯޓުގެ ކޭސްމެނޭޖުމަންޓް ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ މިއަދު ހެނދުނު ސިވިލްކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އެވެ. މި ރަސްމިޔާތުގައި ކޭސްމެނޭޖުމަންޓް ސިސްޓަމެއްގެ މުޙިއްމު ކަމާއި، ކުރިއަށް އޮތްތަނުގައި ޝަރީޢަތްކުރާ ސެކްޝަންތަކުގެ މަސައްކަތްތަކަށް އަންނާނެ ބަދަލާއި ގުޅިގެން ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙުޞައިން ރަފީޢުވެސް ވާހަކަފުޅު ދެއްކެވިއެވެ.
ސިވިލްކޯޓުގެ މިކޭސްމެނޭޖުމަންޓް ސިސްޓަމް ސިވިލްކޯޓަށް ފަރުމާކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މިގޮތުން 2020 ވަނަ އަހަރުން ފެށިގެން މި ކޭސްމެނޭޖުމަންޓް ސިސްޓަމް ކޯޓުން ބޭނުންވާ ގޮތަށް ޑިވެލޮޕްކޮށް ފައްކާކޮށްދެއްވާފައިވާތީ އޭރުގެ ޑީ.ޖޭ.އޭ ގެ އައި.ޓީ ސެކްޝަނުގެ ހެޑް ކަމުގައި ވާ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަމީން އަށް ސިވިލް ކޯޓުގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް މި ރަސްމިއްޔާތުގައި ވަނީ އަދާކޮށްފައެވެ.
ފަނޑިޔާރުގޮނޑި ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ވެދެއްވި ބޮޑު އެހީތެރިކަމާއި ކުރެއްވި ބުރަ މަސައްކަތައްޓަކައި ސިވިލް ކޯޓުގެ އައި.ޓީ ސެކްޝަނުގެ ފަރާތުން އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއް އާދާކުރިއެވެ.
ސިވިލް ކޯޓުގެ އަމާޒަކީ ކޭސްމެނޭޖުމަންޓް ސިސްޓަމާއި އެކު ރައްޔިތުންނަށް ދެވޭ ޚިދުމަތް އަވަސްވެގެން ދިއުމެވެ.
"ޝަރުޢީ ދާއިރާއަށާއި ދިވެހި ދައުލަތަށް ސާޅީސް އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ސިވިލް ކޯޓުގެ ބަޖެޓް އޮފިސަރ އަލްފާޟިލް ޢަބްދުލްމުހައިމިން ޢަބްދުއްރައްޒާޤް 28 ފެބްރުއަރީ 2022 މިތާރީޚުގައި ވަނީ ރިޓަޔަރ ކުރައްވާފައެވެ."
ޞަފްޙާ 1 ޖުމްލަ 11 ޞަފުޙާގެ ތެރެއިން