ޚަބަރު

ޤާނޫނު ނަމްބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކަމިޝަނުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ސިވިލް ކޯޓުގެ ޤާޟީންގެ ކަންބޮޑުވުންތަކެއް ހުރުމުން، ކަމާއިބެހޭ ފަރާތްތަކުގައި އެވާހަކަ ދެންނެވުމަށް ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމުމަޖްލީހުން ޤަރާރެއް ފާސްކޮށްފިއެވެ.
  • ޤަރާރު ވިދާޅުވުމަށްThaaval

ސިވިލް ކޯޓުުގެ ރަޖިސްޓްރަރ ގެ ސެކްޝަނާއި، ޝަރީޢަތްކުރާ ސެކްޝަން ތަކުގެ ތެރެއިން BCR-4 ސެކްޝަނާއި އަދި ސްޓޮކް އިންވެންޓްރީ/ޕްރޮކިއުމަންޓް ސެކްޝަން 02 ޑިސެމްބަރ 2014 ދުވަހުން ފެށިގެން ހިނގަމުންދާނީ ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ ޢިމާރާތުގައެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން، ސިވިލް ކޯޓުގެ ރިސެސް މުއްދަތަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަދި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ބުނެވިދިޔަ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމަވާފައިވާ ނިންމުމަށް އިތުރު ބަދަލެއް ގެނެސްފައިނުވާތީ، މިއަހަރުގެ ޑިސެމްބަރ 01 އިން ޑިސެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސް އަށް ދާނެ ކަމުގައި ދެންނެވީމެވެ.


ސިވިލް ކޯޓުގެ ރަށުކޯޓުތަކާބެހޭ ސެކްޝަނާއި ރަޖިސްޓްރޭޝަން ސެކްޝަން 28 ސެޕްޓެމްބަރ 2014 ދުވަހުން ފެށިގެން ހިނގަމުންދާނީ ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ ޢިމާރާތުގައެވެ.

ރަށުކޯޓުތަކާބެހޭ ސެކްޝަނާއި ރަޖިސްޓްރޭޝަން ސެކްޝަން ހިންގާ ޢިމާރާތް ބަދަލުވިކަމުގައިވިޔަސް އެތަންތަނުގެ ފޯނު ނަންބަރުތަކާއި، ފެކްސް ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ބަދަލެއް ނުވާނެއެވެ.

ޞަފްޙާ 9 ޖުމްލަ 11 ޞަފުޙާގެ ތެރެއިން