"އަހަރީ ދުވަސް 2017" މިނަމުގައި ސިވިލް ކޯޓުގައި ކޯޓުގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ގެނައުމަށްޓަކައި މިކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގގެ ތިން ފްލޯރ ވަނީ ޤާޟީންނާއި މުވައްޒަފުންގެ ދީލަތިކަމާއި ހީވާގިކަމުގައި ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށް ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައެވެ. ކޮންމެ ފްލޯރއެއްވެސް ތައްޔާރުކޮށްފައިވަނީ އެފްލޯރއެއްގައި މަސައްކަތް ކުރައްވާ ޤާޟީންނާއި މުވައްޒަފުން އަމިއްލައަށް ވަރަށް ވާދަވެރި ގޮތެއްގައެވެ.