ޝަރީޢަތަށް ސާބިތުވެފައިވާ ދަރަނީގެ ފައިސާ، ދަރަނީގެ ރެކޯޑުން ކަނޑައިދިނުމަށް އަރަނިވެރިޔާގެ ފަރާތުން އެދުމަށް 01 އޮކްޓޫބަރު 2025 އިން ފެށިގެން ބޭނުންކުރާނީ "ސާބިތު ދަރަނީގެ ރެކޯޑުން ކަނޑައިދިނުމަށް އެދޭ ފޯމު" ކަމުގައި ދަންނަވަމެވެ.

ފޯމުތައް ބެއްލެވުމަށް

ރަށުން ބޭރަށް ފުރައިގެން ދިއުމާ ގުޅޭ

ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 176 ވަނަ މާއްދާގެ ދަށުން، "ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދޭ ފޯމު" (ފޯމު 44) ހުށަހެޅުމުން އެ ފޯމާ ގުޅޭ އިދާރީ ކަންކަން ކުރިއަށް ގެންގޮސް ހުއްދައަށް އެދުނު ފަރާތަށް ޖަވާބުދިނުމުގެ ކަންކަން ކުރިއަށް ގެންދަމުން ގެންގޮސްފައިވަނީ ރަޖިސްޓްރާރ ސެކްޝަނުން ކަމުގައި ވީނަމަވެސް، ހުއްދައާމެދު ވީއެންމެ އަވަހަކަށް ގޮތް ނިންމައި ޖަވާބުދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި މި ގޮތަށް ޢަމަލުކުރުމުގައި ހުރި އިދާރީ ދަތިތައް ޙައްލުކުރުމުގެ ބޭނުމުގައި، 10 އޮކްޓޫބަރު 2025 އިން ފެށިގެން "ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދޭ ފޯމު" (ފޯމު 44) ޚަޞްމުން ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކުން ހުށަހަޅާނީ ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދޭ ޤަޟިއްޔާ އޮތް ސެކްޝަނަށް ކަމަށާއި، އެ ހުއްދައާމެދު ނިންމާ ގޮތް ހުއްދައަށް އެދޭ ފަރާތަށް އަންގާނީ ވެސް އެ ސެކްޝަނަކުން ކަމަށް ހަމަޖައްސާފައިވާތީ، މައްސަލަތަކުގައި ހިމެނޭ ޚަޞްމުން ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކުން 10 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން "ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދޭ ފޯމު" (ފޯމު 44) އެޤަޟިއްޔާއެއް އޮތް ސެކްޝަނަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

5142

2024 ވަނަ އަހަރު ހުށަހެޅުނު މައްސަލައިގެ ޢަދަދު

5432

2024 ވަނަ އަހަރު ނިންމި މައްސަލައިގެ ޢަދަދު

މި ދުވަހުގެ މައްސަލައިގެ ތާވަލް

16 އޮކްޓޫބަރު 2025

ކޯޓުގެ ނިންމުންތައް

ކުރީގެ ނިންމުންތައް ހޯދުމަށް
އެޑްވާންސް ސާރޗް
ޤަޟިއްޔާ ނިންމުމުގެ ބާވަތް ފައިލް ދައުވާކުރާ ދައުވާލިބޭ މައްސަލައިގެ ބާވަތް ތާރީޚް

ސިޓީ އެޑްރެސް ކުރައްވާނީ

ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަށް

އީމެއިލް:

info@civilcourt.mv

ފޯނު:

3002703،3002701،3002700

ދަޢުވާފޯމު ފޮނުވުމަށް:

cases@civilcourt.mv

ފޯމު ފުރުމުގައި އެހީ ހޯއްދެވުމަށް:

helpdesk@civilcourt.mv

މައްސަލަތަކާގުޅޭ ޝަކުވާ ހުށަހެޅުއްވުމަށް:

complaints@civilcourt.mv

ރަޖިސްޓްރާރގެ ނިންމުން ރިވިއުކުރުމަށް:

review@civilcourt.mv